ދިވެހިރާއްޖެ
އިޢުލާން މަސްޖިދުލް އައްވާބީގައި އެއަރކޯން ހަރުކުރުމަށްބޭނުންވާތީ، މި މަސައްކަތަށް ބޭނުންވާ އެއަރކޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ ނ.ހެނބަދޫގެ މަސްޖިދުލް އައްވާބީގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތަށް ބޭނުންވާ އެއަރކޯން ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ މި އިދާރާއިން ކޮށްފައިވާ (IUL)285-D/285/2021/16 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ މި މަސައްކަތް ކޮށްދެން ބޭނުން ފަރާތްތަކުން 19 އޭޕްރީލް 2021ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ށް މި އިދާރާއަށްދުރުވެ ސިޓީއަކާއެކު، އަގާއި މުއްދަތު ބަޔާންކޮށް މިކައުންސިލަށް ހުށަހެޅުވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 26 ޝަޢުބާން 1442 08 އޭޕްރީލް 2021 ޙުސައިން އަބޫބަކުރު ހެނބަދޫ ކައުންސިލްގެ ނާއިބް ރައީސް
|