ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކުރުން

   މިޑިޕާޓްމަންޓުގެ ނަންބަރު (IUL)133-AS/133/2021/6 އާހަވާލާދީ ދަންނަވަމެވެ.

 

          މިހިނގާ އޭޕްރީލް މަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވާތީ، މަތީގައި ދެންނެވުނު އިއުލާނާ ގުޅިގެން ބީލަން ހުށަހެޅުއްވުމުގެ މުއްދަތު 15 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 15 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ.

          ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިނަމަ، ބީލަން ހުޅުވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ.  

08 އޭޕްރިލް 2021
ހޯދާ