މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާޑު އެޕްލިކޭޝަން ފޯމާބެހޭ

މިއޮތޯރިޓީން ފާރމަސީ އެސިސްޓެންޓުން އަދި ފާރމަސިސްޓުންނަށް ދޫކުރާ ކާޑަށް އެދިވަޑައިގަންނަވާއިރު،   [ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާޑު އެޕްލިކޭޝަން ފޯމު] ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ. މިފޯމު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv ގެ ފޯމުސްގެ ދަށުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އަދި މިފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، 21 އެޕްރީލް 2013 އިން ފެށިގެން [ފާރމަސީ އެސިސްޓެންޓު / ފާރމަސިސްޓް އައީޑީ ކާޑު އެޕްލިކޭޝަން ފޯމު] ހުށަހެޅުއްވުމަށާއި އަދި މިތާރީޚުގެ ފަހުން މިޚިދުމަތް ލިބިވަޑައިގަންނަވާނީ މިފޯމާއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުއްވުމުންކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނީ މިއޮތޯރިޓީގެ 3014322 ނަންބަރުންނެވެ. 

02 އޭޕްރިލް 2013
ހޯދާ