ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
ނަންބަރު: TENDER/HMH/2021/007
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮވެލި ބިލްޑިންގ ފުރަތަމަ ފަންގިފިލާއާއި ހޮސްޕިޓަލުގެ މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ގުޅާލުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
ރަޖިސްޓްރޭޝަން/މައުލޫމާތު ދިނުން: |
15 އެޕްރީލް 2021 ވަނަ ދުވަހުގެ ހެނދުނު10:00 ގައި ބިޑަށް ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރު ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތުގެ ތަފްސީލް މައުލޫމާތު ކަރުދާސް އެރުވޭނެއެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
22 އެޕްރީލް 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. |
|
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350147
އީ-މެއިލް: [email protected]