ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ މިސްކިތްތަކަށް 2 ސައުންޑް ސިސްޓަމް ހޯދުމާއިގުޅޭ
- ދ.ކުޑަހުވަދޫ މިސްކިތްތަކަށް ބޭނުންވާ 2 ސައުންޑް ސިސްޓަމް ހޯދަންބޭނުންވެގެން ކުރި މި އިދާރާގެ ނަމްބަރު A-381/I-2021/15އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވޭތީވެ ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021/04/06 އިން 2021/04/20 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މިއިދާރާއަށް ދުރުވެ ނުވަތަ އީމެއިލް ކުރައްވައިގެން ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެފަހު ވަގުތަކީ 20 އޭޕްރީލް 2021 ވަނަ ދުވަހުގެ 12:00 އެވެ. މީލަން ރަޖިސްޓްރީކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭއެއްވެސް ފޯމް އެއް ބަލައެއްނުގަނެވޭނެއެވެ.
- ބިޑު ރަޖިސްޓްރީ ފޯމް ހުށަހެޅުމުން މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތު ކަރުދާސްތަށް މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20/04/2021 ވާ އާދިއްތަ ދުވަހުގެ 11:00ގެ ކުރިން ބީލަން ފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ރަޖިސްޓްރީ ނުކުރާފަރާތްތަކުގެ ބީލަން ބަލައިނު ގަނެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު ބިޑްއިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- ފޯން : 7958426
- އީމެއިލް: [email protected]
06 އޭޕްރިލް 2021
ހޯދާ