މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ޕްރެޒެންޓަރުން ހޯދުން

އިޢުލާން 

ރަމަޟާން މަހުގައި ދީނީ ޕްރޮގުރާމްތައް ޕްރެޒުންޓްކުރުމަށް ޕްރެޒެންޓަރުން ހޯދުން

 

             މި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ހުށަހެޅުމަށް ވޭޖް އުޞޫލުން މަސައްކަތް ކުރާނެ  01 (އެއް) ޕްރެޒެންޓަރަކު ބޭނުންވެއްޖެއެވެ.

 

މަޤާމު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

ޕްރެޒެންޓަރ

ދީނީ ޕްރޮގްރާމް ހުށައެޅުމުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ހުށައަޅައިދިނުން

ހުށަހަޅައިދޭ ކޮންމެ ލައިވް ޕްރޮގްރާމަކަށް -/500 (ފަސް ސަތޭކަ) ރުފިޔާ އަދި ހުށަހަޅައިދޭ ކޮންމެ ރެކޯޑް ޕްރޮގްރާމަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާ.

      މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ ރަމަޟާން މަހުގެ ނިޔަލަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ ދީނީ ޕްރޮގްރާމް ހުށަހެޅުމުގެ ޤާބިލްކަން ހުރިތޯ ބަލައި ޓެސްޓް ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތު ތަޖުރިބާގެ ލިޔުމާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020243 ފޯނަށް ގުޅުއްވުން އެދެމެވެ.

 

ޕޫލަށް ޕްރެޒެންޓަރުން ހޮވުމުގައި ބަލާނެ ކަންތައްތައް.

  • ޕްރެޒެންޓަރުން ހޮވުމުގައި ދީނީ ދާއިރާއިން ކިޔަވާވިދާޅުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

24 ޝަޢުބާން 1442

06 އޭޕްރިލް 2021

06 އެޕްރީލް 2021
ހޯދާ