ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ

                                                 ނަންބަރ: 254/254/2021/9(IUL)

އިޢުލާން

ހއ.ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ

            ސުރުޚީގައި ދަންނަވާފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރުމަށް މިހާރުވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި، ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށައަޅަން ޖެހެއެވެ.

އިސްވެދެންނެވުނު އެޕްލިކޭޝަންފޯމު ހުށަހެޅުމުގައާއި، ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކާ މިހާރު ޢަމަލު ކުރެވެމުންދާ ޤަވައިފު ނަމްބަރު 202/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވައިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ.  އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ މި ޤަވައިދުގެ 6 ވަނަ ނަމްބަރާއި، 7 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނެ މި ޤަވައިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގަވާފައިވެއެވެ.

 

ވީމާ، މި ޤަވައިދާ އެއްގޮތަށް އެޕްލިކޭޗަން ފޯމް ހުށަހެޅުމުގެ ފުރުސަތު 04 އެޕްރީލް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތައް ހުޅުވާލެވިފައިވާކަން ދަންނަވަމެވެ. މިކަމާއި ގުޅޭ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް މި އިދާރާއިން ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ.

                 

                                       06 އޭޕްރީލް  2021

06 އޭޕްރިލް 2021
ހޯދާ