ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 އެޕްރީލް 2021 15:04 ގައި ބާތިލް ކުރެވިފައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/62)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއިން ބޭނުމަށް ހ.ދ ކުޅުދުއްފުށި މަގު ހެދުމުގެ މަސްރޫއަށް ސެކަންޑް ހޭންޑް ނުވަތަ ބްރޭންޑް ނިއު ޑަމްޕް ޓްރަކް އަދި އެކްސްކަވޭޓަރ އެއް ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން
މި ކޯޕަރޭޝަންގެ ބޭނުމަށް ސެކަންޑް ހޭންޑް ނުވަތަ ބްރޭންޑް ނިއު ޑަމްޕް ޓްރަކް އަދި އެކްސްކަވޭޓަރ އެއް ގަންނަން ބޭނުން ވެއެވެ. ގަންނަން ބޭނުންވާ ވެހިކަލްގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)
2- ހުށަހަޅާ ޕްރޮޑަކްޓްތަކުގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަވެސް ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މައުލުމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތައް ފުރިހަމަނުވާ އަދި ސްޕެސިފިކޭޝަން އާއި ދިމާނުވާ އައިޓަމް އަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިނުގަންވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 19 އޭޕްރިލް 2021 (ހޯމަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : [email protected]