މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުން ދޫކުރާ މައުލޫމާތާއި އެއްގޮތަށް ޖެނެރަލް ޕްރެކްޓިޝަނުންނާއި ޕްރައިމަރީ ހެލްތުކެއަރ ޓީމްތަކަށް ޓްރެއިނިންގ ޕްރޮގްރާމް 2021 ހިންގައިދިނުމާއި ގުޅޭ

                                  އިޢުލާން

މިނިސްޓްރީ އޮފް ހެލްތުން ދޫކުރާ މައުލޫމާތާއި އެއްގޮތަށް ޖެނެރަލް ޕްރެކްޓިޝަނުންނާއި ޕްރައިމަރީ ހެލްތުކެއަރ ޓީމްތަކަށް ޓްރެއިނިންގ ޕްރޮގްރާމް 2021 ހިންގައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 އޭޕްރިލް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މައުލޫމާތު ޝީޓުގައި ހުށަހަޅަންޖެހޭ ލިއުންތައް [email protected] ފޮނުއްވައިދިނުން އެދެމެވެ. މިގަޑީގެ ފަހުން ފޮނުވާ ލިޔެކިއުންތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި އެކު މިކަމާއި ގުޅުންހުރި ލިޔެކިއުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

         މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގެ ކުރިން  [email protected]އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންބަރު 3014462 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ހޯއްދެވުމަށް ދެންނެވީމެވެ.

 

 

22 ޝައުބާން 1442

04 އޭޕްރިލް 2021
ހޯދާ