ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ގއ. ވިލިނގިލި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސް.ޓީ.އޯ ގއ. ވިލިނގިލި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އެސް.ޓީ.އޯ ގއ. ވިލިނގިލި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސް.ޓީ.އޯ ގއ. ވިލިނގިލި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

އެސްޓީއޯ ގއ. ވިލިނގިލި ފިހާރައަށް ގެންދެވޭ މުދާ، ބޯޓުތަކުން ބާލައިގެން، އެސްޓީއޯ ގއ. ވިލިނގިލި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: 60-ޕީ އާރު އޯ/  2021/ 36 ބާޠިލްކޮށް އަލުން އިއުލާނު ކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:     ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

މަސައްކަތުގެ މުއްދަތު:    01 އަހަރު

 

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2021 އޭޕްރިލް 11 ވަނަ ދުވަހު 1400 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

                    އީމެއިލް އެޑްރެސް: [email protected]

                   

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 އޭފްރިލް 11 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

މައުލޫމާތު ދިނުން:        ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 އޭފްރިލް 12 ވަނަ ދުވަހު 1400ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ގއ. ވިލިނގިލި ފިހާރައިގައި އޮންނާނެއެވެ.

 

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 އޭޕްރިލް 14 ވަނަ ދުވަހުގެ 1400  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 އޭފްރިލް 18 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 އޭފްރިލް 21 ވަނަ ދުވަހުގެ 1400 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

        ފޯނު: 3012670  3344262,

 ފެކުސް:  3344633

        އީމެއިލް: [email protected]

04 އެޕްރީލް 2021
ހޯދާ