ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި މަރުކަޒުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ: GS-26/IUL/2021/15
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި މަރުކަޒުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2021/08 (01 މާޗް 2021)އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގައި، ބީލަން ހުށަހަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާތީ، ބީލަންތައް ބާތިލްކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 އެޕްރިލް 2021 އިން 08 އެޕްރިލް 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އެޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 އެޕްރިލް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 15 އެޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
04 އެޕްރިލް 2021
21 ޝައުބާން 1442
04 އޭޕްރިލް 2021
ހޯދާ