މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުން

 

                                        

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

GS71-C/IUL/2021/03 ނަންބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑު ކަމަށް ފެންނާތީ، އަލުން މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނުބައިގެ ވަށާފާރު ރާނަން ބޭނުންވާ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

1        ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުމަށްޓަކައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 އެޕްރީލް 2021 ން 07 އެޕްރީލް 2021 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އެޕްރީލް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 އެޕްރީލް 2021 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.

6        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަގޫދޫ ސްކޫލް

އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.

ފޯން:  7952912

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

 

 

04 އޭޕްރިލް 2021
ހޯދާ