ދިވެހިރާއްޖެ
(IUL)38-CA/38/2021/127 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު، އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫއާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓު،
ޙަސަން މޫސާ، އުސްގެ / ތ. ކަނޑޫދޫ، މި ދެ ކެނޑިޑޭޓުންގެ ތެރެއިން، ޙަސަން މޫސާ، އުސްގެ / ތ. ކަނޑޫދޫ އަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިޚާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއްނޫންކަމަށް،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
2021/SC-E/02
ޤަޟިއްޔާއިން 30 މާރިޗު 2021 ގައި ޙުކުމްކޮށްފައިވާތީ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތިރީގައި ދެންނެވިފައިވާ
ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
ކެނޑިޑޭޓު ނަންބަރު |
ނަމާއި ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ކެނޑިޑޭޓު ނަންބަރު 3 |
އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
19 ޝަޢުބާން 1442