މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ގައި ތަކެތި އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދުން

މިރަށު ކުޑަކުދިންގެ ޕާކްގައި ބަހައްޓާ ކުޅިވަރު ކުޅޭ ސާމާނު އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)296/296/2021/08  އިއުލާނަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެމަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

   

މަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ކުރުން

2021 އޭޕްރީލް 05ވާ ހޯމަ ދުވަހުގެ 13.00ގެ ކުރީން ފޮއްދޫ ކައުންސިލް އިދާރާއަށް ދުރުވެ

 

އަންދާސީ ހިސާބު ހުށައަޅުއްވާނީ

2021 އޭޕްރީލް  14ވާ ބުދަ ދުވަހުގެ 12.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށް

           ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުއް 2021އޭޕްރީލް 06ވާ އަންގާރަ ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.  

           އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2021އޭޕްރީލް 14ވާ ބުދަ ދުވަހުގެ 12.00ގައި މިއިދާރާގައެވެ.  މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.  

           މިމަސައްކަތައް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

01 އޭޕްރިލް 2021
ހޯދާ