ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑްރައިވަރ

ޑްރައިވަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- B1، B2 އަދި C1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:
ތިލަފުށި

މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޝަނުގެ އެއްގަމު އުޅަނދުފަހަރުގެ ދަތުރުތައް ކުރުމާއި ޑްރައިވަރުގެ އެހެނިހެން ޒިންމާތައް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ބަރާބަރަށް ގަޑިއަށް ހާޒިރުވުމާއިއެކު އެފަރާތަކާއި ދުއްވުމަށް ހަވާލުކުރެވޭ ވެހިކަލް ސުޕަވައިޒަރުން އަންގާގޮތުގެ މަތިން ދުއްވުން.
- ވެހިކަލް ދުއްވުމުގައި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތް ތެރިކޮށް ހިތުމާއި ދުއްވަން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުން.
- ކޮންމެވެހިކަލެއްވެސް ދުއްވުމުގެ ކުރިން ވެހިކަލްގެ އިންޖީން ބަރާބަރަށް މަސައްކަތް ކުރޭތޯބެލުމާއި ވެހިކަލްގެ ތެލާއި ފެން ފުރޮޅުތަކުގައި ބަރާބަރަށް ވައި ހުރިތޯބަލައި ބުރަކި އަދި ސިގްނަލްތައް މަސައްކަތް ކުރޭތޯބެލުން.
- މަސައްކަތުގެ ތެރޭގައި ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ ހައްލުކުރުން.
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- B0، C2، އަދި C0 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- މަސައްކަތާއި ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ލިބިފައިވުން.
- ސަލާމަތީ ކަންތައްތައް އެނގުން.
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 10700.00 - 11950.00ރ (ތަޢުލީމީ ފެންވަރަށާއި މަސަތަކަތުގެ ތަޖްރިބާއަށް ބަލައިގެން)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 6 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/jezua5)

 

31 މާރިޗު 2021
ހޯދާ