ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ވެހިކަލްތަކުގެ ފިއުލް ޕަންޕްސް އަދި އިންޖެކްޓަރސް، ސަރވިސްކޮށް ކެލިބްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އެސް.ޓީ.އޯ ވެހިކަލްތަކުގެ ފިއުލް ޕަންޕްސް އަދި އިންޖެކްޓަރސް، ސަރވިސްކޮށް ކެލިބްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

އެސް.ޓީ.އޯ ވެހިކަލްތަކުގެ ފިއުލް ޕަންޕްސް އަދި އިންޖެކްޓަރސް، ސަރވިސްކޮށް ކެލިބްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

މަސައްކަތުގެ މުއްދަތު:    01 އަހަރު

 

ބީލްމްގައި ބައިވެރިވާ ފަރާތްތަކުން ފުރިހަމަ ވާންޖެހޭ ޝަރުތު: ގަރާޖް/ސަރވިސް ސެންޓަރ/ރިޕެއަރ ސެންޓަރ/ވޯކްޝޮޕް އެއް، މިފަދަ މަސައްކަތެއް ކުރުމަށް (ވެހިކަލްތަކުގެ ފިއުލް ޕަންޕްސް އަދި އިންޖެކްޓަރސްގ ސަރވިސްކޮށް ކެލިބްރޭޓް) ރައްޖޭގައި ރަޖިސްޓަރީ ކޮށްފައިވުން

 

ރަޖިސްޓަރީ ކުރުން:   ރަޖިސްޓަރީ ކުރައްވަން ބޭނުން ފުޅުވެލައްވާ ފަރާތްތަކުން، 2021 އޭޕްރިލް 06 ވަނަ ދުވަހު 1000 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނީ، ގަރާޖް/ސަރވިސް ސެންޓަރ/ރިޕެއަރ ސެންޓަރ/ވޯކްޝޮޕް އެއްގެ ވިޔަފާރި ކުރުމުގެ ނުވަތަ ހިންގުމުގެ ރަޖިސްޓްރޭޝަން ސެޓިފިކެޓް އާއިއެކުގައެވެ.

 

އީމެއިލް އެޑްރެސް: [email protected]

                   

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 އޭޕްރިލް 07 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

 

ސުވާލާއި ޖަވާބު:   ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 އޭޕްރިލް 10 ވަނަ ދުވަހުގެ 1000  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 އޭޕްރިލް 11 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 

ބީލަންކަރުދާސް:   ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 އޭޕްރިލް 15 ވަނަ ދުވަހުގެ 1000 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

ފޯނު: 3012180 3344295,

ފެކުސް:  3344633

އީމެއިލް: [email protected]  

31 މާރިޗު 2021
ހޯދާ