ދިވެހިރާއްޖެ
ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމާއި ގުޅޭ
ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގެ ތެރެއިން ހޮވާލެވޭ ޒުވާނުން ހިމަނައިގެން ނެޝަނަލް ޔޫތު ސެންޓަރގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން ބޮޑުބެރު ޖަހަން ޝައުޤުވެރިވާ ފަރާތްތަކަށް މިޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުން އެދެމެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކި 15 އެޕްރީލް 2021 ވަނަ ދުވަހުގެ 14:00އެވެ. އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ https://forms.gle/zUjf3mj2hRat4Sib6 މިލިންކުންނާއި މާލޭ ސޯޝަލް ސެންޓަރުގެ ކައުންޓަރުންނެވެ.