މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި 3000 ޒުވާނުން ތަމްރީން ކުރުން

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި 3000 ޒުވާނުން ތަމްރީން ކުރުމާއި ގުޅޭ:

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ޤައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްއަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދެވިގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުތުމަށް ޒުވާނުންނަށް ބާރުއަޅައި ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

 އެހެންކަމުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޓިވެޓް އޮތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ތަމްރީން ޕްރޮގްރާމްތައް ހިންގާނީ "ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ނެޝެނަލް ސެޓްފިކެޓް ލިބިގެންދާނެއެވެ. އަދި މިއީ އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެކެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕްގެ ޕްރޮގްރާމްގެ ދަށުން ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ، ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ, އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށާއި އިތުރު މައުލޫމާތު ސާފްކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ވެބްސައިޓް  ނުވަތަ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފޭސްބުކް ޕޭޖު (National Apprenticeship program) އަދި ޓްވިޓަރ ޕޭޖް (MvApperentices@) އަށް ޒިޔާރަތް ކޮއްލެއްވުން އެދެމެވެ. މީގެ އިތުރުން މައުލޫމާތު ސާފުކުރަން އެދޭނަމަ 3313912  ގުޅުއްވުން  ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 

30 މާރިޗު 2021
ހޯދާ