ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވެމުންދިޔަ 3 ވޭން(ހަލާކުވެފައިވާ) ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވެމުންދިޔަ 3 ވޭން(ހަލާކުވެފައިވާ) ސިޓީލާ ނީލަމުގައި ވިއްކާލުން

     ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންދިޔަ 3 ވޭން(ރަޖިސްޓްރީ ނުމބަރ B1A3892, B1A4828, B1A4358) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

1-ވޭނެއްގެ ނީލަން ފެށޭ އަގަކީ 2000-ރ (ދެހާސް ރުފިޔާ)އެވެ.

2-މިނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ ފަހަރަކު 2000-ރ (ދެހާސް ރުފިޔާ)އެވެ.

     ވީމާ، މިވޭންތައް ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2021 މާރޗް 30 ވަނަދުވަހުގެ 14:00 ން ފެށިގެން 2021 އޭޕްރިލް 12 ވަނަ ދުވަހުގެ 12:00 އަށެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސްބޯޑާއި އަދި މިހޮސްޕިޓަލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރައިގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.

           މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ވޭން ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.

      ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން  ދުވަސް ދުވަހުގެ ހެނދުނު 09:00 އާއި 14:00 އާ ދެމެދު ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގަތުމުން ވޭންތައް ބައްލަވާލެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރައިގެ ނަންބަރު 6528180/6520013 އާއިއެވެ.

30 މާރިޗު 2021
ހޯދާ