ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ކޯހުގެ މޮޑިއުލް އައުޓްލައިންތައް ރިވައިސްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ކޯހުގެ މޮޑިއުލް އައުޓްލައިންތައް ރިވައިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2021/30) (07 މާރިޗް 2021) އިޢުލާނުގެ މަޢުލޫމާތު ބަދަލުވެފައިވާތީވެ އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވުން
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
03 އޭޕްރީލް 2021 ގެ 14:00އަށް |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
04 އޭޕްރީލް 2021 ގެ 14:00އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
08 އޭޕްރީލް 2021ގެ 11:00 އަށް |
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.