މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ޓާރފް ދަނޑުގެ ވަށާފާރު ރޭނުން

ނ.ކެނދިކުޅުދޫ ގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ޓާރފް ފުޓްބޯޅަ ދަނޑުގެ ހުޅަނގު ފަރާތު އިންފާރު އަދި  ގޯލް ފެންސް މީގެ އިތުރުން މިހާރު ރާނާފައިވާ،  އިރުމަތީ ފަރާތު ފާރުގައި ހުރި ބައެއްތަންތަން  މިކައުންސިލުން ދޭ ކުރެހުމާއި މިންގަނޑުތަކާއި އެއްގޮތައް  މަރާތު ކުރުމަށާއި ކުރިން ދެންނެވި ފާރު އަމިއްލަ ޚަރަދުގައި ރާނާ ދެފަރާތުގައި ސިމެންތި ޖަހާ ކުލަ ލުމުގެ މަސައްކަތްތައް  ކޮށްދެވޭނެ އަގާއި މުއްދަތު މިކައުންސިލަށް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 މާރިޗު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 04  އޭޕްރީލް  2021 ވާ އާދީއްތަ ދުވަހުގެ 13:00  ކުރިން މިއިދާރާއަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީ ވުމަށް ފަހު,   08 އޭޕްރީލް 2021 ބުރާސްތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

               އަދި ދަންނަވަމެވެ. މިބިޑްގެ ރަޖިސްޓްރީ ފީގެ ގޮތުގައި  -/75 ( ހަތްދިހަ ފަހެއް ) ރުފިޔާ މިކައުންސިލަށް ދައްކަންވާނެއެވެ.  މި އިޢުލާން ގެސެޓް ކުރުމާއެކު، މިކަމާއި ގުޅިގެން  މިކައުންސިލްއިން ކުރިން ކުރެވުނު އިޢުލާންތައް ބާތިލްވާނެއެވެ.

               ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ. 

16 ޝަޢުބާން 1442                 

29 މާރިޗު   2021

29 މާރިޗު 2021
ހޯދާ