މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫއިން އަލަށް ދޫކުރާ ގެވަޅުތަކުގެ ގުރުއަތު ނެގުން

ނ. ކެނދިކުޅުދޫއިން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 228 ގެވަޅު ދޫކުރުމަށްޓަކައި ގެވަޅު ގުރުއަތު ނެގުން 1 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކެނދިކުޅުދޫ ސްކޫލްގެ މަލްޓިޕާޕޯސް ހޯލްގައި އޮންނާނެއެވެ. ވީމާ މިފިޔަވަހީގައި ގެވަޅު ލިބޭ އެންމެހާ ފަރާތްތަކަށް މިރަސްމިއްޔާތުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

ގެވަޅުގެ ގުރުއަތު ނެގުން ކުރިއަށްދާނީ ހަތަރު (4) ބަޔަކަށެވެ. އެގޮތުން:

  1. ކެނދިކޮޅު އަވަށަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު (ރަށުގެ ރަށްވެހިން)
  2. ކުޅުދޫ އަވަށަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު (ރަށުގެ ރަށްވެހިން)
  3. ކެނދިކޮޅު އަވަށަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު (ރަށުންބޭރު)
  4. ކުޅުދޫ އަވަށަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތު (ރަށުންބޭރު)

ގުރުއަތު ލުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު ސަމާލުކަންދޭންވީ ކަންތައްތައް

  1.  ރަސްމިއްޔާތަށް ގަޑިއަށް ވަޑައިގަތުމަށް ފަރުވާތެރިވުން
  2.  ގެވަޅު ލިބޭ ފަރާތުން ގުރުއަތު ލުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުން، (އައިޑީކާޑު ދުވަސް ހަމަވެފައި އޮތްނަމަވެސް)، އައިޑީ ކާޑު ނެތްނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުވަތަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގަތުން.
  3.  ގެވަޅު ލިބޭ ފަރާތަށް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ބެރިވެރިވުމަށް އުޒުރުވެރިވާނަމަ، ބަދަލުގައި ފޮނުވާ ފަރާތުން ރަސްމިއްޔާތަށް ގަޑިއަށް ވަޑައިގަތުން އަދި ވަޑައިގަންނަވާއިރު ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުން، (އައިޑީކާޑު ދުވަސް ހަމަވެފައި އޮތްނަމަވެސް)، އައިޑީ ކާޑު ނެތްނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުވަތަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގަތުން.
  4.  ގެވަޅު ލިބޭ ފަރާތް ރަސްމިއްޔާތަށް ހާޟިރުނުވެ އަދި ބަދަލުގައި އެއްވެސް މީހަކު ފޮނުވާފައިނުވާނަމަ، ގުރުއަތު ނަގާނީ ކައުންސިލުން އެކުލަވާލާފައިވާ ގެވަޅު ކޮމިޓީގެ މެމްބަރެކެވެ.
  5.  ގުރުއަތު ނެގުން ކުރިއަށްދާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން

        ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

16 ޝަޢުބާން   1442

29 މާރޗް    2021

29 މާރިޗު 2021
ހޯދާ