މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ދިލާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ތާރީޚް:

28 މާރޗް 2020

ނަންބަރު:

(IUL)367-AS/367/2021/42 

އިޖުތިމާޢީ ސަރަޙައްދު ދިލާސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މ.ކޮޅުފުށީ އިޖުތިމާޢީ ދެސަރަހައްދު ވަކިން ކޮންޓްރެކްޓް އުޞޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 29 މާރޗް 2021 (ހޯމަ) ވަނަ ދުވަހުގެ 9:00 އާއި 31 މާރޗް 2021 (ބުދަ) ވަނަ ދުވަހުގެ 12:00 އާއި ދެމެދު، މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް [email protected] އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް 31 މާރޗް 2021 (ބުދަ) ވަނަ ދުވަހުގެ  14:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 01 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މިމަސައްކަތުގެ ބިޑުހުށަހެޅުމަށް ހަމަޖެހިފައިވަނީ ދެސަރަޙައްދު ވަކިން ކަމުގައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

28 މާރިޗު 2021
ހޯދާ