ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2021/9
ޢިއުލާން
އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރުގައި ފެންސް، އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރ: A/IUL/344/2021/8 ( 15 މާރިޗު 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ، އިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 28 މާރިޗް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 31 މާރިޗް 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 7 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 31 މާރިޗް 2021 ވާ ބުދަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
15 ޝައުބާން 1442