މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ

         1442 ވަނަ އަހަރު ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ލިޔެކިއުންތައް މި މުވައްސަސާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ ސިސްޓަމް މެދުވެރިކޮށް އެންގޭނެއެވެ.  

  1. ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" (IM22)
  2. "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)
  3. ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް" ގެ ކުލަ ކޮޕީ.
  4. ބިދޭސީ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ (މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް)
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ.

               އަދި ދަންނަވަމެވެ. ޙާފިޒުން/ޤާރީންނާއި އެކުގައި އާއިލާގެ މެމްބަރުން (އަނބިން/ދަރިން) ދަތުރު ކުރައްވާނަމަ، ޙާފިޒު/ޤާރީ ގެންނަ އިދާރާއަކުން އެ ފަރާތްތައް ސްޕޮންސަރ ކުރައްވަން ވާނެއެވެ. އެފަރާތްތަކަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވީޒާއެކެވެ. އަދި 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާ ހަމަވުމުގެ ކުރިން އެ ވިޒާގެ މުއްދަތު އިތުރު ކުރައްވަންވާނެއެވެ.

               ވީމާ، މަތީގައި ދެންނެވި ފަރާތްތައް ރާއްޖޭގައި ތިއްބަވާ މުއްދަތުގައި ވީޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ، އެފަރާތްތައް ރާއްޖެ ގެންނަވާ ފަރާތެއްގެ ޒިންމާއެކެވެ. އެހެންކަމުން، ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހަނދުމަކޮށް އަރުވަމެވެ.

               މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު 7940452، 9199157 (ހެނދުނު 08:00 އާއި މެންދުރުފަހު 14:00އާދެމެދު) ގުޅުއްވުމަށްވެސް ދެންނެވީމެވެ.

25 މާރިޗު 2021
ހޯދާ