ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް އޮފީސް އިމާރާތުގެ އެތެރޭގެ ރިނޮވޭޝަންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ވެލާނާގޭ 02 ވަނަ ފަންގިފިލާއިން މި އޮފީހަށް ލިބިފައިވާ ޖާގާގައި، މި އޮފީހުންދޭ މަޢުލުމާތާ އެއްގޮތަށް ރިނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފިހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ޕޮއިންޓްދޭނެ އުސޫލު އަދި ކުރެހުން ސެޓް، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް ހަވާލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv ގައި ޝާއިޢު ކުރެވޭނެއެވެ.
12 ޝަޢުބާން 1442