ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަސައްކަތު މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

     މާލެ،

އިޢުލާނު ނަންބަރު:

(IUL)120-D/1 /2021/23

   ދިވެހިރާއްޖެ.

ޕްރޮޖެކްޓުގެ ނަންބަރު:

120-D/LG /2021/NCS01

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މަސައްކަތު މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

  1.       މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، މި ޑިޕާޓްމަންޓުގެ ބޭނުންތަކަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
  2.       މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3.       މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 މާރިޗު 24 ން 2021 މާރިޗު 30 ގެ 12:00ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު: https://forms.gle/uPgW23Bnfv44hWUd9މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4.       ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5.       މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރިޗު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 3 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6.       ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 މާރިޗު 31 ވާ ބުދަ ދުވަހުގެ 10:00 ގައިމި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގރޫމް ގައެވެ. 
  7.       މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8.       މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] mv މެއިލް މެދުވެރިކޮށް އަދި،

ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

ހ. އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

މަޖީދީ މަގު، މާލެ، ދިވެހިރާއްޖެ.                                                

ފޯން:  4003956 /4003999 އިން ލިބިވަޑައިގަންނަވާނެއެވެ.

 

11 ޝަޢުބާން 1442

24 މާރިޗު   2021

 

24 މާރިޗު 2021
ހޯދާ