މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2019/R-1010 (ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން ލުއި ދިނުން

ގަވާއިދު ނަންބަރު 2019/R-1010 (ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން ލުއި ދިނުން

 

ގަވާއިދު ނަންބަރު  2019/R-1010 (ޢިމާރާތްކުރުމުގެ ދާއިރާގައި  މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން ތިރީގައިވާ ލުއިތައް ދިނުމަށް ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

- 22 މާރިޗް 2021 އަށް ރަޖިސްޓްރޭޝަން މުއްދަތު ހަމަވާ އާކިޓެކްޗުރަލް ޗެކަރ އަދި ސްޓްރަކްޗުރަލް ޗެކަރ ކެޓަގަރީތަކުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން މުއްދަތު ހަމަވާ ތާރީޚް 22 އޭޕްރީލު 2021 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުން.

 

- މިފަރާތްތަކުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅިގެން މި ފަރާތްތަކުން ސޮއިކޮށްފައިވާ އަދި ސްޓޭމްޕް ޖަހާފައިވާ ކުރެހުންތަކާއި ލިޔެކިއުންތައް 22 އޭޕްރީލު 2021 ގެ ނިޔަލަށް ޞައްޙަ ލިޔެކިއުންތަކެއްގެ ގޮތުގައި ބެލުން.

 

މި ލުއިތައް ދެވޭނެ ޙާލަތްތަކާއި ރަޖިސްޓްރޭޝަން މުއްދަތާއި ގުޅޭ އިތުރު ތަފްޞީލު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ 1 ވަނަ އަދި 2 ވަނަ އިޞްލާޙު ގައި ބަޔާންކޮށްފައިވާނެ ވާހަކަވެސް ދަންނަވަމެވެ.

 

10 ޝަޢުބާން 1442 ހ.

23  މާރިޗް  2021 މ.

23 މާރިޗު 2021
ހޯދާ