މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކައުންސިލްގެ ބައެއް މަރާމާތުތަކާބެހޭ


                          

                                ނަމްބަރ: 295/2021/01-B 

އިޢުލާން

                      

       މިއިދާރާގެ 02 އޭސީ އިންސްޓޯލްކުރުމާއި، ނ.ހޮޅުދޫ އިޖުތިމާއީ މަރުކަޒާއި، ބޯޅަގެ އަދި މިސްކިތްތަކުގެ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެގެން 15 މާރޗް 2021 ގައި މިއިދާރާއިންކުރި ނަމްބަރ: (IUL)295-B/2021/09 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

       ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރޗް 2021 ވާ ބުދަ ދުވަހުގެ 11:30 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 31 މާރޗް 2021 ވާ ބުދަ ދުވަހުގެ 11:30 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. 

       މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

23 މާރޗް 2021

23 މާރިޗު 2021
ހޯދާ