ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޤުރުއާން ޓީޗަރެއް ހޯދުމަށް - ވޭޖް

 

މަޤާމް:

ޓީޗަރ، ޤުރުއާން

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. އަތޮޅު ތަޢުލީމީ މަރުކަޒު

މުއްދަތު

03 މަސްދުވަސް

މުސާރަ:

6000.00ރ އާއި 12410.00 ރ ދެމެދު ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ދަރިވަރުންނަށް ގިނަގުނަ މަޢުލޫމާތާއި ޓެކްސްފޮތުގައިވާ މަސައްކަތުގެ އިތުރުން އިތުރުމަސައްކަތްތަކެއް ގެންދެވޭނޭގޮތަށް ކުލާހުގައިވާ އިތުރުއެހީތެރިކަން ބޭނުންވާ ދަރިވަރުނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ލެސަންޕްލޭން ތައްޔާރު ސުޕަވައިޒަރުންނާއި އެޗް. އޯ.ޑީން އަންގަވާ ޤަވާޢިދެއްގެ މަތީން  އެބޭފުޅުން ލައްވައި ޗެކްކުރުން.

2- މުޅިއަހަރުގެ މުޤައްރަރު 2 ޓާރމަށް ބަހައި ސްކީމް ތައްޔާރު ކުރުން.

3- ވަކިވަކިދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއިއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާޞިލްކުރުން.

4- ކުލާހަށް ދިއުމުގެ ކުރިން ކޮންމެދުވަހެއްގެ ލެސަންނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުމާއި އަދި ކިޔަވައިދެއްވާގަޑިތަކަކީ ފޮތްމާކުކުރާ ގަޑިތަކަކަށް ނުހެދުން.

5- ކިޔަވައި ދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.

6- ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން.

7- ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން.

8- އިސްލާމް ، ޤްރުއާން ، ދިވެހި ، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން.

9- ދިވެހި ބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހި ބަސް ބޭނުން ކުރުމަށް ބާރު އެޅުން.

10- ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން.

11- ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން.

12- ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަންއެންގެވުން.

13- މުދައްރިސް ދަރިވަރުންގެ ފެންވަރާއިމެދު ޒިންމާވާން ޖެހޭނެއެވެ.

14- ރިޕޯޓް ފޮތުގައި ޓިޕެކްސް ބޭނުންނުކުރުން

15- މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.

16- ދަރިވަރުން ސްކޫލަށް ވަންނަ ފުރަތަމަ ބެލް ޖަހާއިރު ކްލާސް ޓީޗަރުން ކްލާސްތަކުގައި ތިބެންވާނެއެވެ. އަދި ކިޔެވުން ފެށޭ ކޮންމެ ރަނގަބީލަކާއެކު ލަސްނުވެ ޓީޗަރުން ކުލާހައް ހާޒިރުވާންވާނެއެވެ.އަދި އިންޓަވަލްގަޑިއާ ދިމާވާ ޓީޗަރުންން އިންޓަވަލް ގަޑީގައި މަޑުކުރަނަވާނެއެވެ.

17- ކްލާސް ޓީޗަރުން ޙާޟިރީ މާކްކޮށް ޙާޟިރީގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރަން ވާނެއެވެ.

18- ހަވާލުކުރެވިފައިވާ ކުލާސްރެކޯރޑްގައިވާ ބައިތައް ގަޑިގަޑިއަށް ފުރިހަމަކުރުން.

19- ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ.

20- ކްލާސްތެރެ ސާފު ތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން

21- ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ.

22- ކްލާސް ޓީޗަރުން ކްލާހަށް ޙާޟިރުނުވާ ދަރިވަރުންނާއިބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަން ވާނެއެވެ.

23- ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކްލާސް ދޫކޮށް ލައްވާފައި ވަޑައި ނުގަންނަވާށެވެ.

24- ކްލާހަށް ވަޑައިގަންނަވާނީ  ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެ ލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ.

25- ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދެއްވާ މަސައްކަތުގެ މައްޗަށެވެ.

26- ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ޙަވާލުވެފައިވާ ހަރަކާތެއް ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.

27- ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.

28- ސްކޫލް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ވާނެއެވެ.

29- އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ.

30- ކިޔަވައި ދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.

31- ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބަލަހައްޓަވަން ވާނެއެވެ.

32- ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެވަގުތަކު އެކްލާހުގައި ހުންނަވާ މުދައްރިސެކެވެ.

33- ދަރިވަރުންގެ ކިބައިގައި ސާފު ތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ވާނެއެވެ.

34- ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ.

35- ސްކޫލްގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރި ގޮތުގައި ނޫނީ ބޭނުން ނުކުރައްވާށެވެ. ފަރުވާކުޑަ ކަމުން ސްކޫލްގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ޒިންމާ އެބޭފުޅަކު އުފުއްލަވަން ޖެހޭނެއެވެ.

36- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

37- ބެލެނިވެރިންނާއި، ދަރިވަރުންނަށް، އާންމު ރައްޔިތުންނަށް ނަމޫނާ އަކަށް ވުން.

38- ސްކޫލުތެރެއިންނާއި، ސްކޫލުންބޭރުގައި ދަރިވަރުންގެ އަޚުލާގު ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުން.

39- ސްކޫލުގެ ސިއްރުތައް ހިފެހެއްޓުމާއެކު މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތްކުރެއްވުން.(ސްކޫލާ ބެލެނިވެރިންނާ ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރެއްވުން.

މަޤާމުގެ ޝަރުތުތައް:

 

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާދާއިރާއަކުންދިވެހިރާއްޖޭގެގައުމީސަނަދުތަކުގެއޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-   ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

-  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ،ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

9,910.00

 

ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަނަދުތައްމޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-  ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-  ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން،

- ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛

- ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

8,440.00

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން،

- ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

- ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

7070.00

 

މަތީގައި މިވާ ޝަރުތުތައް ހަމަވާ މުވައްޒަފެއް ނުލިބިއްޖެނަމަ ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަވާ މުވައްޒަފަކު މި މަޤާމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން ހަމަޖެއްސޭނެއެވެ.

ސާނަވީ ތަޢުލީމު ފުރިހަމަކުރައްވާފައިވާނަމަ

6000.00

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރައްވާފައިވާ ނަމަ

7000.00

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާފައިވާ ނަމަ

8590.00

 

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީސަނަދުތަކުގެއޮނިގަނޑުގެލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.  

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް

(ށ)   މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށްފައިވާއަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރިޗް 2021 ގެ 13:45 ގެ ކުރިން، ތ. އަތޮޅު ތަޢުލީމީ މަރުކަޒުއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއޮންނާނީ، 31 މާރިޗް 2021 އާއި 03 އޭޕްރިލް 2021 އާ ދެމެދު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 މާރިޗު 2021
ހޯދާ