ދިވެހިރާއްޖެ
ގއ. މާމެންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)408-ESMS/408/2021/5 އިއުލާނާގުޅިގެން އަންދާސީހިސާބު ހުޅާހަޅާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތްކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 މާރިޗް 2021 ވާ ހޯމަ ދުވަހުން ފެށިގެން 30 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ޕްރޮޖެކްޓުގެ މަޢުލޫމާތު ކަރުދާސްތަކާއި ފޯމެޓްތައް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އެޕްރީލް 2021 ވާ ހޯމަ ދުވަހު 10:00 ގައި މި އިދާރާ އާއި މިނިސްޓްރީ އޮފް ހެލްތުގައެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 28 މާރިޗް 2021 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.