ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ބަނދަރުމަތީ ތަރައްގީކުރާ ޕާކްގެ މަސައްކަތް ނިންމުމާބެހޭ
މިރަށު ބަނދަރުމަތީ ތަރައްގީކުރަމުންއަންނަ ޕާކްގެ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ކުރި މއިދާރާގެ ނަންބަރު (IUL)387/387/2021/13 (07 މާރިޗު 2021)ގެ އިއުލާނާގުޅިގެން ހުށަހެޅި އެސްޓިމޭޓުތަކުގައި މައްސަލަތައް އުޅޭތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 24 މާރިޗު 2021 ވަނަދުވަހުގެ 8:30 އިންފެށިގެން 29 މާރިޗު 2021 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 06 އޭޕްރީލް 2021 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 29 މާރިޗު 2021 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/150 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
10 ޝަޢުބާން 1442
23 މާރިޗު 2021