އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަރަންޓު ވިއުގަ މަރާމާތުކުރުން
ކަރަންޓް ވިއުގަ މަރާމާތުކުރުން
- މި މަރުކަޒުގެ ކަރަންޓް ވިއުގަ ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)GS40/2021/02 (03 މާރޗް 2021) އިޢުލާނުގައި ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މާރޗް 22 އިން 2021 މާރޗް 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާދެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 މާރޗް 28 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2021 އޭޕްރިލް 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަރުކަޒުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އއ.އަތޮޅު ތަޢުލީމީ މަރުކަޒު
އއ.ރަސްދޫ ، ދިވެހިރާއްޖެ
ފޯން: 6660020
އީ-މެއިލް: [email protected]
22 މާރިޗު 2021
ހޯދާ