ދިވެހިރާއްޖެ
މިކޯޓުގެ އޭސީތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކުރެވުނު ނަންބަރު IUL/E8C/2021/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ކޯޓޭޝަން ހުށަހަޅާފައިނުވާތީ އާއި، ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލްކުރުމަށްފަހު މިކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަމިއްލަ ތަކެތީގައި މިކޯޓުގެ އޭސީތައް ސާވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތިރީގައި އެވަނީ ސަރވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލްއެވެ.
# |
ބްރޭންޑް / ސައިޒް / ހުރިތަން |
ދިމާވާ މައްސަލަ |
1 |
SA-01 – GREE 24000 BTU |
ފިނިނުވުން، އޭސީ ނުޖެހުން E5 އަރާފައި އިނުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
2 |
SA-02 – GREE 24000 BTU |
ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
3 |
SA-03 – GREE 24000 BTU |
ފިނިނުވުން، ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
4 |
MR-01 – GREE 18000 BTU |
އެއްވެސް ވަރަކަށް ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
5 |
CR-01 – GREE 18000 BTU |
ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
6 |
WA-01 – GREE 18000 BTU |
ފެންފޭބުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
7 |
COR-01 – GREE 18000 BTU |
ފިނިނުވުން، އައުޓްޑޯ ޔުނިޓްގެ އަޑުގަދަވުން |
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން 6580284 / 7369195 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (28 މާރިޗު 2021) 13:30 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- އޭސީތައް ސަރވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އިތުރު މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
- ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
- މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ހުށަހަޅަންވާނެއެވެ.
- މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.