ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް އިތުރުކުރާ ބައިގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (ފުރަތަމަ އިޢުލާން)

މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލަށް އިތުރުކުރާ ބައިގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ރަޖިސްޓަރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑް ޑިކުމެންޓްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ / - ) އެވެ.

#

ތަފްޞީލް

ތަން

ތާރީޚް

ގަޑި

1

ބީލަމަށް ރަޖިސްޓްރީ ކުރުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

28 މާރޗް 2021 އިން

01 އޭޕްރިލް 2021 އަށް

9:00– 12:00

2

ޕްރީ ބިޑް މީޓިންގ

ލ. ކަލައިދޫ ކައުންސިލް އިދާރާ

04 އޭޕްރިލް 2021 (އާދީއްތަ)

13:00

3

ބީލަން ހުށަހެޅުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

07 އޭޕްރިލް 2021 (ބުދަ)

13:00

* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކު ކަނޑައެޅިފައިވާ ގަޑީގަ އެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމަންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާ މެއިލަށް 28 މާރޗް 2021 އިން 04 އޭޕްރިލް 2021 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

 

 

ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު ނުވަތަ އީމޭލް ކުރައްވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

22 މާރިޗު 2021
ހޯދާ