ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް ޓީޗަރެއް ނެގުމާބެހޭ

އިޢުލާނު

 

މަޤާމު:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ. ދާއިމީކޮށް ނެގޭ ޓީޗަރުންނަކީ ކަމާގުޅޭ ތަމްރީނު ސެޓްފިކެޓް ނެތް ނުވަތަ ދަށް ސެޓްފިކެޓް ލެވެލެއްގެ ޓީޗަރުންނަމަ، ކަމުގެ ތަމްރީނު ސެޓްފިކޭޓް  ލިބިފައިވާ ޓީޗަރުން ނުވަތަ ކަމާގުޅޭ ސެޓްފިކެޓް ލެވެލް މަތިން ލިބިފައިވާ ތީޗަރުން ލިބުމުން، ތަމްރީނު ލިބިފައިނުވާ ނުވަތަ ސެޓްފިކެޓް ލެވެލް ދަށް ޓީޗަރުން ވަކިކުރެވިދާނެއެވެ. މިގޮތަށް ވަކިކުރާއިރު ވަކިކުރެވޭނީ ތައުލީމާތި ތަޖުރިބާ މަދުފަރާތަށެވެ. އަދި ވަކިކުރާއިރު ވަޒީފާގައި ހުރި ފަރާތައް އެންމެ މަދުވެގެން 3 މަސްދުވަހުގެ ނޯޓިސްއެއް ދެވޭނެއެވެ.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ، ދ.ހުޅުދެލި

މުސާރަ:

4000.00

އެޓެންޑެންސް އެލަވަންސް:

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ޙާޟިރުވެ ސޮއިކުރައްވާ ދުވަހަކަށް -/50 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނާސަރީ އަދި ބޭބީ ނާސަރީގެ ދަރިވަރުންނަށް ކިޔަވައިދިނުން.
  2. ދަރިވަރުންނަށް ދޭންޖެހޭ އެންމެހާ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުން.
  3. ލެސަން ޕްލޭންތައް ތައްޔާރުކޮށް ދަރިވަރުން ޝައުޤުވެރިވާގޮތައް ކިޔަވާދީ އެކްޓީވިޓީސްތަކުގައި ދަރިވަރުން ބައިވެރިކުރުން
  4. ޕޯޓް ފޯލިއޯ ތައްޔާރުކުރުން
  5. ދަރިވަރުންނަށް ވޯކްޝީޓްތަކާއި މިނޫންވެސް ކިޔަވާދިނުމަށް ބޭނުންވާ ސްކީމްތައް ތައްޔާރުކޮށް ކިޔަވާދިނުން
  6. ދަރިވަރުން ލައްވާކޮށްފައި ހުންނަ މަސައްކަތްތައް މަދުވެގެން ހަފްތާއަކު 1 ފަހަރު ބެލެނިވެރިންނަށް ހިއްސާކޮށް ނުވަތަ ދައްކާ ދަރިވަރާ ބެހޭގޮތުން ބެލެނިވެރިޔާއަށް ކޮމެންޓްދިނުން
  7. ކިޔަވައިދެއްވުމުގެ އިތުރުން އިދާރީ އެންމެހައި މަސައްކަތް ކުރުން
  8. މީގެ އިތުރުން ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ޕްރީސްކޫލްގެ ހިދުމަތާ ގުޅުންހުރި މިނޫންވެސް ކަންކަންކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ

  1. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

ދާއިރާ

އެކަޑަމިކް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ  ވަޒީފާއަށް އެދޭ ފޯމު ( މިފޯމް މިކައުންސިލުން ލިބިވަޑައިގަންނަވާނެ )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަޤާމްގެ ތަޢުލީމީ ދާއިރާއިން ލިބިފައިވާ ތައުލީމު ( ކަނޑައެޅިފައިވާ އިންސައްތަ: %20 )

- މަޤާމުގެ މަސައްކަތާގުޅޭ ދާޢިރާއާ ގުޅޭ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ: )

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު ( ކަނޑައެޅިފައިވާ އިންސައްތަ %50 )

- އިމްތިޙާން ޕްރެކްޓިކަލް ( ކަނޑައެޅިފައިވާ އިންސައްތަ: %20 )

ނޯޓު: ލިބުނު ޕޮއިންޓުގެ ޖުމްލަ %35 ( ތިރީސް ފަހެއް ) އަށްވުރެން މަތިވާންޖެހޭނެއެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މާރޗް 2021 ގެ 14:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު/ ޕްރެކްޓިކަލް އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 30 މާރޗް 2021  އާއި 06  އޭޕްރީލް 2021 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760049 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

22 މާރިޗު 2021
ހޯދާ