ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2021/05
އިއުލާން |
ފ.ފީއަލީގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ
ސުރުޚީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ފެށިފައިވާތީ، މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށްއެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެއެވެ.
އެގޮތުން ފެނުގެ ޚިދުމަތަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން، 2021 މާރިޗް 24 ވަނަ ދުވަހުން ފެށިގެން 2021 ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00 ން 14:00 ށް ފީއަލީ ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާނެވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކާ ދަންނަވަމެވެ.
ވީމާ، މި މުއްދަތުގައި ހުރިހާ ފަރާތަކުންވެސް މި ފޯމް ފުރިހަމަކުރުމަށް ފަހު ފީއަލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
1442 H 09
22 މާރިޗް 2021
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ރައީސް