މަޤާމް
|
އެކައުންޓްސް އޮފިސަރ
|
އަސާސީ މުސާރަ
|
-/6,950ރުފިޔާ
|
އެލަވަންސްތައް:
|
-/2,500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އޭ އެސް 4
|
ބޭނުންވާ ޢަދަދު:
|
1
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް ޑިޕާރޓްމަންޓް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ތިޖޫރީ ހިސާބުތައް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުމަށް
- މުސާރައާއި ގުޅުންހުރި އެންމެހާ ކަންކަން ކުރުން
- ކުންފުންޏަށް ލިބޭ އިންވޮއިސްތައް އެންޓްރީކޮށް ބެލެހެއްޓުން
- ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާގެ ކަންކަން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި މަހުންމަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކަމުން ގެންދިއުން
- ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްސް ބެލެހެއްޓުމާއި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން
- މަސައްކަތާއި ގުޅުންހުރި ކަންކަމުގެ ސިޓީ/ މެމެ ލިޔެ ފޮނުވުން
- އިންވޮއިސް ސިސްޓަމް، އެކްސެލް އަދި މަންތްލީ ޝީޓަށް އެންޓާރ ކުރުން/ މަންތުލީ ލިބެންވާ އިންވޮއިސްތައް ލިބުނުތޯ ބެލުމާއި ނުލިބޭނަމަ ހޯދުން
- ޖީ އެސް ޓީ ރިޓަރން ޤަވާއިދުން ފައިލްކުރުން
- މީގެ އިތުރުން (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި/ ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 27 މާރޗް 2021 ވަނަ ދުވަހުގެ މެންދުރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000379، 3000364 އާއި ގުޅުއްވުން އެދެމެވެ.
|