ދިވެހިރާއްޖެ
މި އިދާރާގެ ފައިނޭންސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ކުރެވުނު (IUL)259/2021/10 ނަންބަރު ޢިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މި މަޤާމަށް އެދި ކުރިމަތިލައިފައިނުވާތީ،(IUL)259/2021/10 ނަންބަރު އިޢުލާން ބާޠިލުކޮށް މި މަޤާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މަޤާމް: |
ފައިނޭންސް އޮފިސަރ |
||||||||||||||||||||||||||||||||||||||
ރޭންކް: |
އެމް. އެސް. 1 |
||||||||||||||||||||||||||||||||||||||
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-308636 |
||||||||||||||||||||||||||||||||||||||
އޮފީސް / އިދާރާ ސެކްޝަން |
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ ( ކޯޕަރޭޓިވް އެފެއާޒް ) |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭތަން: |
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||||||||||||
މުސާރަ: |
މަހަކު -/5610 ރުފިޔާ |
||||||||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް: ސަޕޯރޓިންގ ކޯ އެލަވަންސް |
މަހަކު -/2000 ރުފިޔާ މަހަކު -/700 ރުފިޔާ |
||||||||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު: އެހެނިހެން އެލަވަންސް |
1 ( އެކެއް ) ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރުވާނަމަ ސިވިލްސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ |
||||||||||||||||||||||||||||||||||||||
މަގާމުގެ ޝަރުތުތައް: |
ފައިނޭންސް / އެކައުންޓިންގް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
||||||||||||||||||||||||||||||||||||||
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކެރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2- ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމުގައި އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ކުރިޔަށް އޮތް އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުމާއި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 4- ކައުންސިލަށް ކަނޑައެޅޭ ބަޖެޓް ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހަރަދުކޮށް ބެލެހެއްޓުން. 5- ކައުންސިލްގެ މާލިއްޔަތާއި ބެހޭ ހިސާބުތައް ބެލެހެއްޓުމާއި، ކައުންސިލްގެ ލަފާގެ މަތިން މާލިއްޔަތު ދިރުވާ އިތުރު ކުރުމަށް ކުރަންޖެހޭކަންތައްތައް ރާވާ ހިންގުން. 6- އިދާރާގެ ފައިސާއާއިބެހޭ ރިޕޯޓްތަކާއި މާލީ ބަޔާންތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން. 7- ކައުންސިލްގެ އެކައުންޓްތައް ބެލެހެއްޓުން. 8- ކައުންސިލް މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޒިރީ ރިޕޯޓްލިބުމުން އެއާ އެއްގޮތަށް ގަދީލާރި ނަގައި އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 9- ވައުޗަރު ތައްޔާރުކުރުމާއި، ފައިސާ ދޫކުރުން 10- އޮފީހުން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
||||||||||||||||||||||||||||||||||||||
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: |
%45 (ސާޅިސް ފަސް އިންސައްތަ) |
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||||||||||||||||||||||||
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2021 މާރޗް 29 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އަށް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހުށަހެޅުން. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]އަށެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2021 އޭޕްރީލް 10 އާއި 2021 އޭޕްރީލް 30 އާ ދެމެދު މި އިދާރާގައެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. (ހ) މޯލަޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަށް ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމްދޭ ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 4. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ. 5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓްލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު: ( ގުޅޭނެ ނަންބަރާއެކު ) |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6528116 ނުވަތަ 6520027 ނަންބަރު ފޯނާއެވެ.