ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާއްދާގެ އައުޓްލައިން ލިޔުން

ބެޗްލަރ އޮފް އާޓްސް އިން އަރަބިކް ލެންގުވިޖް ކޯހުގެ ބައެއް މާއްދާތަކުގެ އައުޓްލައިން ލިއުން

މި ފެކަލްޓީގެ ނަންބަރު 153-FA/2021/06 (22 ފެބުރުވަރީ 2021) ޢިއުލާނުގައިވާ މާއްދާތަކުގެ ތެރެއިން 3 މާއްދާ އަކަށް ބަދަލު އައިސްފައިވާތީ، އެ މާއްދާތަކުގެ އައުޓްލައިން ލިޔުމަށް ޢިއުލާނުކުރަމެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ އައުޓްލައިނަކަށް -/7،500 ރުފިޔާއެވެ. މި މަސައްކަތަށް ބޭނުންވަނީ ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ، އަދި ކަމާގުޅޭ ތަޖުރިބާ ޙާސިލް ކުރައްވާފައިވާ ފަރާތްތަކެވެ. މިގޮތުން އަރަބި ބަހުގެ މަތީ ތަޢުލީމުގެ ފާސްތައް ހާސިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މީގެ އިތުރުން މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ނިންމާނީ އިންޓަރވިއު އަކަށް ފަހުގައެވެ.

 

މާއްދާތައް

  1.  

Arabic Language Rhetoric 1 -  علم المعاني

2.

Arabic Language Rhetoric  2 -  علم البيان

3.

Arabic Language Rhetoric  3 -   علم البديع

 

 

 

 

 

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. މި ޢިއުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރުމުގެ އިހުތިޔާރު މި ފެކަލްޓީއަށް ލިބިގެންވެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށްފަހު ވެސް މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލު ކުރުމުގެ އިހުތިޔާރު މި ފެކަލްޓީއަށް ލިބިގެންވެއެވެ.

ތަފުސީލު

ތަން

ތާރީޚު

ގަޑި

އަންދާސީ ހިސާބު ހުށަހެޅުއްވުން

ފެކަލްޓީ އޮފް އާޓްސް/ ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީ

(އެމް.އެން.ޔޫ އެފް.އެޗް.ޓީ.އެސް އިމާރާތުގެ 6 ވަނަ ފަންގިފިލާ)

 29 މާރިޗު 2021

10:30

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345292 ނުވަތަ 3345296 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

 

 

 

18 މާރިޗު 2021
ހޯދާ