ދިވެހިރާއްޖެ
މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި އޮތޯރިޓީގެ ނަންބަރު (IUL)450-CA/450/2021/6 އިއުލާނާ ގުޅިގެން އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް އަލުން މި އިޢުލާނާ ގުޅިގެން ކުރިމަތިލައްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
ތަޢުލީމާއި ތަޖުރިބާ:
މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ލެވެލް 7) ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގެ 5 އަހަރުގެ ތަޖުރިބާ (މީގެ ތެރޭގައި ހިންގުމުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ) ހުރުން. މީގެ އިތުރުން މަސައްކަތުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ (ލެވެލް 9) ފުރިހަމަކޮށްފައިވާނަމަ އިސްކަންދެވޭނެއެވެ.
ނޯޓް:
- ބެޗްލަރސް/މާސްޓަރސް ޑިގްރީގެ ދާއިރާކަމުގައި ބަލާނީ ސޯޝަލް ސައިންސްގެ ދާއިރާތަކުގެ ތެރެއިން ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާޞިލުކޮށްފައިވާނަމައެވެ. މިގޮތުން، ޖެންޑަރ ސްޓަޑީސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ޕޮލިސީ ސްޓަޑީސް، ހިއުމަން ރައިޓްސް، ގާނޫނީ ދާއިރާ، އިޖްތިމާއީ ދާއިރާތައް ހިމެނެއެވެ.
- މަސައްކަތުގެ ދާއިރާގެ މަސައްކަތު ތަޖުރިބާ ކަމުގައި ބަލާނީ އަނިޔާއާ ގުޅުންހުރި، ޖެންޑަރގެ ކަންކަމާ ގުޅުންހުރި ނުވަތަ ވަލްނަބަލް އާއިލާތަކާއެކު މަސައްކަތްކޮށްފައިވާނަ ނުވަތަ އިޖްތިމާއި ދާއިރާގައި މަސައްކަތްކޮށްފައިވާ ނަމައެވެ. އަދި ވޮލެންޓިއަރކޮށް ކޮށްފައިވާ މަސައްކަތްވެސް ތަޖުރިބާގެ ތެރޭގައި ބެލެވޭނެއެވެ.
މުސާރައާއި އިނާޔަތްތައް:
- މުސާރަ: މަހަކު 20,500.00 ރުފިޔާ
- ލިވިންގ އެލަވަންސް: މަހަކު 15,000.00 ރުފިޔާ
- އިތުރު އިނާޔަތްތައް: ހަމަޖެހިފައިވާ އުސޫލުން ފޯން އެލަވަންސް އަދި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތްތައް ރާވައި، ބޯޑުގެ މަޝްވަރާއާއެކު މި މަސައްކަތްތައް ހިންގުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބޯޑަށް ހުށަހަޅައި ބޯޑުގެ ލަފާ ހޯދައި، މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދުން.
- އޮތޯރިޓީގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، އެއާ ގުޅުވައިގެން ހަދަންޖެހޭ އެކްޝަން ޕްލޭންތަކާއި ވަރކް ޕްލޭންތައް އެކުލަވައިލައި ބޯޑަށް ހުށަހަޅައިގެން ފާސްކުރުވައި، ތަންފީޛު ކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
- އޮތޯރިޓީގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ނިންމާ ނިންމުންތައް ތަންފީޛުކޮށް ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތްތައް ރާވައި، ބޯޑުގެ މަޝްވަރާއާއެކު މި މަސައްކަތްތައް ހިންގުން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބޯޑަށް ހުށަހަޅައި ބޯޑުގެ ލަފާ ހޯދައި، މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދުން.
- އޮތޯރިޓީގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، އެއާ ގުޅުވައިގެން ހަދަންޖެހޭ އެކްޝަން ޕްލޭންތަކާއި ވަރކް ޕްލޭންތައް އެކުލަވައިލައި ބޯޑަށް ހުށަހަޅައިގެން ފާސްކުރުވައި، ތަންފީޛު ކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
- އޮތޯރިޓީގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ނިންމާ ނިންމުންތައް ތަންފީޛުކޮށް ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުން.
- އޮތޯރިޓީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރާވައި ހިންގުމަށް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް އިރުޝާދު ދިނުމާއި، ޑިޕާޓްމަންޓްތަކުގެ މަސައްކަތާއި ގުޅޭގޮތުން ބޯޑަށް ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ބޯޑަށް ޖަވާބުދާރީވުން.
- އޮތޯރިޓީއިން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ، ބޯޑުގެ އިރުޝާދުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- އޮތޯރިޓީގެ ހިދުމަތްތަކާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ބޯޑުގެ ލަފާގެ މަތިން ހެދުމާއި، އިސްލާހު ކުރަންޖެހޭ ގަވާއިދުތައް ބޯޑުގެ ލަފާގެ މަތިން އިސްލާހުކުރަމުން ގެންދިއުން.
- ބޯޑުން ޖަވާބުދާރީވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި ބޯޑަށް އެހީތެރިވެދިނުން.
- އޮތޯރިޓީގެ މުވައްޒަފުންގެ މެދުގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން.
- އޮތޯރިޓިގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބެލުން.
- އޮތޯރިޓީއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
- އޮތޯރިޓީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ރާވައި އެކަށައެޅުމާއި، މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ބޯޑުގެ ލަފާގެ މަތިން އެކުލަވައިލާ، ތަންފީޛުކުރުމާއި، އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި ގައިޑްލައިންތައް ބޯޑުގެ ލަފާގެ މަތިން އިސްލާޙްކުރަމުން ގެންދިއުން.
- އޮތޯރިޓީގެ މުވައްޒަފުންގެ ފެންވަރު ބަލާނެ ނިޒާމެއް ބޯޑުގެ ލަފާގެ މަތިން އެކުލަވައިލާ ހިންގުމާއި، އެ ނިޒާމަށް ގެންނަންޖެހޭ އިސްލާހް ބޯޑުގެ ލަފާގެ މަތިން ގެނައުން.
- އޮތޯރިޓީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، ޓްރެއިނިންގ ނީޑްސްއާ އެއްގޮތަށް މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ލިބޭނެ ގޮތްތައް ހޯދުން.
- އިސްނެގުމާއި، އައު ގޮތްތަކާއި، އެންމެ ރަގަޅުގޮތްތަކާއި އައު ޓެކްނޮލޮޖީއާއި ހުނަރަށް އިސްކަންދީގެން މުވައްޒަފުންނަށް އެރޮނގުން ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކޮށް، ހިދުމަތް ރަގަޅުކުރުން.
- ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރުގެ ތެރޭގައި، އޮތޯރިޓީގެ ހަރަކާތްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވައިލައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓްރަށް ހުށަހެޅުމަށްޓަކައި ބޯޑަށް ހުށަހެޅުން.
- ބޯޑުގެ ބައްދަލުވުންތަކުގައި ޗީފް އެގްޒެކެޓިވް އޮފިސަރުގެ ޙައިޞިއްޔަތުން ބައިވެރިވުން.
- ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ބޯޑުގެ ރައީސްގެ ނުވަތަ އެވަގުތަކު ބޯޑުގެ ހިންގުމާ ހަވާލުވެހުރި މެންބަރެއްގެ ލަފާގެ މަތިން، އޮތޯރިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން.
- ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
- ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
- ބޯޑުގެ މަސައްކަތާގުޅިގެން ބޯޑުގެ ރައީސް ނުވަތަ ނާއިބުރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔެކިއުން:
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).
ޕޮއިންޓު ދޭނެ މިންގަނޑު:
- ތަޢުލީމު %20
- ހިންގުމުގެ ތަޖުރިބާ %20
- ދާއިރާގެ ތަޖުރިބާ %30
- އިންޓަރވިއު އާއި ޕްރެޒެންޓޭޝަން %30
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާ އެކު މި މަގާމަށް ކުރިމަތިލެއްވުމަށް އެދި 30 މާރިޗު 2021 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން 24 ގަޑިއިރުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ޖަވާބު ދެވޭނެއެވެ. 24 ގަޑިއިރުގެ ތެރޭގައި އެއްވެސް ޖަވާބެއް ލިބިފައި ނުވާނަމަ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އާ މެންދުރު 2:00 އާ ދެމެދު މި އޮތޯރިޓީގެ ނަންބަރު 3010551 ނަންބަރު ފޯނަށް ގުޅުއްވައިގެން އީމެއިލް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
އިތުރު މަޢުލޫމާތު:
- މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް ހޮވޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް އޮތްތޯ ބެލޭނެއެވެ.
- ގަވާއިދު ނަންބަރު 2015/R-177 (ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ގަވާއިދު) ގެ 22 ވަނަ މާއްދާގައިވާ ބަޔާންކުރައްވާފައިވާ ގޮތަށް ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާފުޅާއެކު އޮތޯރިޓީގެ ބޯޑުންނެވެ.
- މި މަގާމަކީ 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރެވޭ މަގާމެކެވެ.
- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
- އިތުރު މައުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަދި ފޭސްބުކް ޕޭޖް www.facebook.com/fpa.maldives އިން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ނަންބަރ 3010551 އަށް ގުޅުއްވުން އެދެމެވެ.
05 ޝައުބާން1442 ހ.