ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޚިޔާލުހޯދުން.
މިއިދާރާގެ ނަމްބަރ (PP)271-CA/271/2021/1 (10 ފެބްރުއަރީ 2021) އުޞޫލު (ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލު) އަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މިގޮތުން ޚިޔާލު ހޯދުމުގެ ފުރުޞަތު ހުޅުވާލީ މިރަށުން 45 ގޯތި ދޫކުރުމަށް ލިބިފައިވާ ހުއްދައިގެ ދަށުން ގޯތި ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން ގެންނަންޖެހޭ އިސްލާޙެއް ގެންނަންޖެހޭތީއެވެ.
ވީމާ، މި އުޞޫލަށް އިސްލާޙް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ޚިޔާލު ހުށަހެޅުވުން އެދެމެވެ. ޚިޔާލު ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ގޫގުލް ފޯމް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.
ގުގުލް ފޯމް ލިންކް: https://forms.gle/YHceRQXHukEzghD79
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ.
05 ސަޢުބާން 1442
18 މާރިޗު 2021