ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ކެޓަގަރީ E ގެ ދަށުން ދޫނުކުރެވި ހުރި 3 ހައުސިންގ ޔުނިޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން ކެޓަގަރީ E ދަށުން ދޫނުކުރެވި ހުރި 3 ހައުސިންގ ޔުނިޓް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލްގެ އިދާރާއިން ކުރި ނަމްބަރު (IUL)251-EDSS/251/2021/1 (10 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ އަގުތައް މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޖެޓް ކުރެވިފައިވާ އަގަށްވުރެ ބޮޑުކަމަށް ފެންނަކަމަށް އެ މިނިސްޓަރީން ވިދާޅުވެފައިވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން ކެޓަގަރީ E ދަށުން ދޫނުކޮށް ހުރި 3 ހައުސިންގ ޔުނިޓް، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ބީލަން ރަޖިސްޓަރީ ކުރައްވާ ކަނޑައެޅިފައިވާ ގަޑިއަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

18 މާރިޗް 2021 އިން 22 މާރިޗް 2021 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

23 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 11:45 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި

 

މި މަސައްކަތާ ގުޅޭ ބީލަން ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

18 މާރިޗު 2021
ހޯދާ