ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2021/4
އިޢުލާން
300 ސްޓްރީޓް ލައިޓާއި ، 95 ލައިޓްޕޯސްޓް ހޯދުން
ގއ. ވިލިނގިލީ ކައުންސިލާއި ، މިކައުންސިލް ގުޅިގެން ހިންގަން ހަމަޖެހިފައިވާ ގއ. ވިލިނގިލީ މަގުތަކުގައި މަގުބައްތި ޖެހުމުގެ ޕްރޮޖެކްޓަށް ބޭނުންވާ 300 ސްޓްރީޓް ލައިޓާއި 95 ލައިޓްޕޯސްޓް ( ބައްތި ދަނޑި ) ހޯދަން ބޭނުންވާތީ މިތަކެތި ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހެޅުމަށް ޝާއުގުވެރިވާ ފަރާތްތަކުން 21 މާރޗް 2021 އިން ފެށިގެން 24 މާރޗް 2021 ގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި ، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް މައުލޫމާތު ދެވޭ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތާރީޚް |
ވަގުތު |
ތަނުގެ ނަން |
ޕްރީބިޑް މީޓިންގ |
28 މާރޗް 2021 |
13.00 |
ގއ.އަތޮޅުކައުންސިލްގެ އިދާރާ |
ބިޑް ހުށަހެޅުން |
01 އެޕްރީލް 2021 |
13.00 |
ގއ.އަތޮޅުކައުންސިލްގެ އިދާރާ |
މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ހުށަހަޅުއްވާ އަގަށް 60%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
މުއްދަތު 10%
މާލީތަނަވަސްކަމަށް 15%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
13 ޝައުބާން 1442 ހ.
18 މާރޗް 2021 މ.