ދިވެހިރާއްޖެ
(IUL)38-CA/38/2021/112:ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ
އޮބްޒާވަރުން،މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި،ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަގަންޖެހޭ ހުއްދަ ނެގުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
10 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި،
ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެތަންތަނުގައި އޮބްޒާރވް އަދި މޮނިޓަރުކުރުމުގެ ހުއްދަ ނެގުމަށްޓަކައި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މިހާރު އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ
ތެރެއިން މި ތަންތަނުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތައް އެކަން ބަޔާންކޮށް ތިރީގައިވާ މަޢުލޫމާތު ހިމެނޭ ސިޓީއެއް 23 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވައި ދެއްވުން އެދެމެވެ.
- ނަން
- އައިޑީކާޑު ނަންބަރު
- ހައިސިއްޔަތު (އޮބްޒާވަރެއް، މޮނިޓަރެއް، މަންދޫބެއް)
- ގުޅޭނެ މޯބައިލް ނަންބަރު
މި މުއްދަތުގެ ތެރޭގައި މި މަޢުލޫމާތު ކޮމިޝަނަށް ހުށަހަޅާފައި ނުވާ ފަރާތްތަކަށް މި ތަންތަނުގައި އޮބްޒާރވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ޝަޢުބާން 1442
