މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލްޑަރ

KFC/HR/2021/17 :ނަމްބަރު

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ވެލްޑަރ

ބޭނުންވާ ޢަދަދު

 01 ( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް –1 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންޖިނިއަރިންގ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ އާއި އެލަވަންސް

8320.00 ( އަށްހާސް ތިންސަތޭކަ ވިހި ) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ގުރޭޑު 7 ގެ ފެންވަރު ހުރުމާއެކު މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.
  • ނުވަތަ ވެލްޑިންގ  ދާއިރާގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އޭގެތެރޭގައި:

  • ގޭސް ކަޓަރުން މެޓަލް ޝީޓް ކެފުމާއި، ހޮޅި ބުރިކުރުން.
  • އާރކް ވެލްޑިން އާއި
  • ހުރިހާ ޕޮޒިޝަނެއްގައި ވެލްޑިން ކުރަން އެގުން ( ހޮރިޒަންޓަލް، ވަރޓިކަލް އަދި އޯވަހެޑު )
  • ޖޮއިންޓް ވެލްޑުކުރަން އެގުން ( ޓީ ޖޮއިންޓް، ކޯނަރ، ލެޕް، އަދި އެޖް ޖޮއިންޓް )
  • ޓެގު ނުވަތަ ބުރީޒިން ދަންނަ މީހުންނަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤަވައިދުތަކަށް ބޯލަބައި ޢަމަލުކުރުން.
  • ގަޑިއަށް ސަމާލުވެ، ވަޒީފާއަށް ޙާޒިރުވުން. އަދި ކަޑައެޅިފައިވާ ޔުނިފޯރމް ފުރިހަމަ ކުރުމާއި، ސޭފުޓީ ޤާއިމުކުރުން.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރުން.
    • ސްޕަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާ އެއްގޮތަށް ވެލްޑިންގެ މަސައްކަތް ކުރިޔަށް ގެންދިއުން.
    • މަސައްކަތް ކުރާ ސައިޓްތަކަށް ދާން ޖެހިއްޖެ ހާލަތެއްގައި، ސައިޓްތަކަށް ގޮސް މަސައްކަތް ކުރުން.
    • ކޫއްޑޫގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
    • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ދަމަހައްޓަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ. ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 މާރިޗު 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

17 މާރިޗު 2021
ހޯދާ