މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިލެންޑްޕިކަޕް ނީލަންކިޔުން:

އިޢްލާން.

 

އައިލެންޑްޕިކަޕް ނީލަންކިޔުން:

ސުރުޚީގައި ދެންނެވިފައިވާ މި ކައުންސިލްގައި ގެންގުޅެފައިވާ އައިލެންޑް ޕިކަޕް (އިންޖީންލީ) ރަޖިސްޓަރީ ނަންބަރު: C4A1174 RAC-11ECDBA2-001)) ބޯޑުނަންބަރު: C CA A/G1174 ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާތީ މި ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން 28 މާރިޗް 2021 ވާ (އާދިއްތަ) ދުވަހުގެ ކުރިން ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ތިރީގައިވާ މަޢްލޫމާތާއި އެކު ހުށަހެޅުއްވުންއެދެމެވެ. އަދި [email protected] މި އީމެއިލުންވެސް ހުށަހެޅޭނެ ކަމުގައި ދަންނަވަމެވެ. އައިލެންޑް ޕިކަޕް ގަތުމަށް ހުށަހަޅާ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/1000( އެއްހާސް ) ރުފިޔާއެވެ. ހުށަހަޅާއެންމެ މަތީ އަގު ރަސްމީކޮންމެ ދުވަހެއްގެ އޮފީސްބަންދުވުމުގެ ކުރިން ނޯޓިސްބޯޑުގައި އާއްމުކުރެވޭނެއެވެ. މިނީލަމުގެ އަގު (އެކަށީގެންވާ އަގެއްގައި) ވިދިވިދިގެން 03 ދުވަހު އޮވެއްޖެނަމަ އެ ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އައިލެންޑް ޕިކަޕްގެ ހުރިހާ ފީ ތަކުގެ މުއްދަތު 2019 ގެ ނިޔަލަށް ހަމަވެފައިވާތީ އެކަމުގެ ޒިންމާނަންގަވަން ޖެހިވަޑައިގަންނަވާނީ ޕިކަޕް ގަންނަފަރާތުން ކަމުގައި މަޢްލޫމާތަށްޓަކައި ދަންނަވަމެވެ.

މި ތަކެއްޗާއިބެހޭ އިތުރުމަޢްލޫމާތު ސާފުކުރަން ބޭނުންނަމަ ރަސްމީ ގަޑިތަކުގައި 08:30 އާއި 11:00 އާއި ދެމެދު މިކައުންސިލަށް ވަޑައިގެން އަދި ނުރަސްމީ ގަޑީގައި 7367109،7775791 ނަންބަރު ގުޅުއްވައި ގެންވެސް މަޢްލޫމާތު ސާފުކުރެއްވޭނެއެވެ.

ނީލަމުގެ ފެށޭއަގު:

  1. އިންޖީންލީ އައިލެންޑްޕިކަޕް (1.5 ޓަނުގެ) ފެށޭއަގު: 10000.00(ދިހަހާސް) ރުފިޔާ.

ހުށަހެޅުމުގައި ހުންނަން ޖެހޭމަޢްލޫމާތު (ހުށަހަޅާފަރާތުގެ):

  1. ނަން:
  2. އެޑްރެސް،ރަށާއިއެކު:
  3. ސޮއި:
  4. ފޯނުނަންބަރު:
  5. އީމެއިލް އެޑްރެސް: (އީމެއިލް ބޭނުންކުރާނަމަ)
  6. އަގު:

04 ސައްވާލު 1442

17 މާރިޗް 2021

17 މާރިޗު 2021
ހޯދާ