ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމަކީ، އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށާއި އާންމުރައްޔިތުންގެ ފަސޭހަޔަށް ކައުންސިލުން ކުރަމުން ގެންދާ ބުރަމަސައްކަތެކެވެ. އެހެންކަމުން މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ކައުންސިލަށް ބޭނުން ވާނެކަމުގައި ދަންނަވަމެވެ.

 ނަމަވެސް ނައިފަރު ކައުންސިލުން ސާފު ކޮއްފައިވާ މަގު އަދި ހުސްބިންތަކުގައި ކައުންސިލްގެ ހުއްދަނެތި  އާންމުންގެ ތަކެތި ބަހައްޓަމުން އަންނަކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ވީމާ މިއިއުލާން ނެރޭދުވަހުންފެށިގެން ތިރީގައި ބަޔާންކުރެވިފައިވާ މަގު އަދި ހުސްބިންތަކުގައި ކައުންސިލްގެ ހުއްދަނެތި ތަކެތި ބެހެއްޓިފައިވާނަމަ އިތުރު އެއްވެސް އެންގުމަކާ ނުލައި މިތަކެތި ނަގައި މިފަދަ ފަރާތްތަކާއި މެދު ކައުންސިލްގެ އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅުއެޅިގެންދާނެކަން އަންގާ އިޢުލާން ކުރަމެވެ.

 

  • ޔަމްހާ ކިޔާ ގޯތީގެ ކުރިމަތިން  އިންވެގެން މަގު/ ހުސްބިން.
  • ބަށިމާގެ ކިޔާގޯތީގެ ހުޅަނގުން ގެޔާއި އިންވެގެން މަގު/ ހުސްބިން.
  • ބޭންކް އޮފް މޯލްޑިވްސް ކުރިމަތިން އިންވެގެން މަގު/ ހުސްބިން.
  • އިތާ ކިޔާ ގޯތީގެ ދެކުނުން ގެޔާއި އިންވެގެން މަގު/ ހުސްބިން.
  • ފަލަކް ކިޔާ ގޯތީގެ އިރުމަތިން  އިންވެގެން މަގު/ ހުސްބިން.
  • އާބަނދަރުގެ ދެކުނު ކަންމަތި މަގު/ ހުސްބިން.
  • ޅ.ނައިފަރު ޒިކުރާގެ އިބްރާޙިމް މުޙައްމަދަށް ދޫކޮއްފައިވާ އޮޑިހަރުގެއާއި  އިންވެގެން މަގު/ ހުސްބިން.
  • ނޫކޮކާގެއާއި  އިންވެގެން މަގު/ ހުސްބިން.
  • ފެމެލީ ކިޔާ ގޯތީގެ އުތުރު މަގު/ ހުސްބިން.
  • ހުދުހަލި ކިޔާގޯތީގެ އުތުރު މަގު/ ހުސްބިން.
  • މަތީރެސް ކިޔާގޯތީގެ އުތުރުން ގެޔާއި އިންވެގެން މަގު/ ހުސްބިން.
  • ޅ. ނައިފަރު މަސްރަހުގެ، މުޙައްމަދު ނޫރުﷲއަށް ދޫކޮއްފައިވާ ސިނާއި ބިމުގެ އިރުމައްޗަށް އޮތް މަގު/ ހުސްބިން.
  • ވަތަން ކިޔާގޯތީގެ އުތުރުން ގެޔާއި އިންވެގެން މަގު/ ހުސްބިން.
  • މަނާމު ކިޔާގޯތިގެ ދެކުނު މަގު/ ހުސްބިން.
  • ހިޔާވަހި ކިޔާގޯތީގެ އުތުރު މަގު/ ހުސްބިން.
  • ސަމަންދަރު ކިޔާގޯތީގެ އިރުމަތިން މަގު/ ހުސްބިން.
  • އަރާމު ކިޔާގޯތީގެ ހުޅަނގުން ގެޔާއި އިންވެގެން މަގު/ ހުސްބިން.

 

16 މާރިޗު 2021
ހޯދާ