މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، ޕްރޮކިއުމަންޓް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އޮފިސަރ، ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

 -/13,600 - 10,900

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 (ހަތަރު) އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 (ހަތަރު) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް ޕެކޭޖް ބޭނުން ކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  • ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުން.
  • ބިޑް އިވެލުއޭޝަން މަސައްކަތަށް ބޭނުންވާ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން.
  • ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުން.
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އިވެލުއޭޝަން ފޯމު ތައްޔާރުކުރުން.
  • ހޯދާ ތަކެއްޗާއި ޙިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން.
  • ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހާ މަސައްކަތް ކުރުން.
  • ކޯޕަރޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުން.
  • ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަމަޖެއްސުމަށް ބޭނުންވާނެ ލޮޖިސްޓިކް މަސައްކަތްތަކަށް ސަޕޯޓް ދިނުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

16 މާރިޗު 2021
ހޯދާ