މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޗީފް އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ:

މަހަކު -/15،000 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

22،000ރ-33،000 އާއި ދެމެދުގެ ޢަދަދެއް ނުވަތަ އޮޑިޓްކުރުމުގެ ދާއިރާގެ ތަޖުރިބާއަށް ބެލުމަށްފަހު މާކެޓް ރޭޓަށްވުރެ ދަށްނުވާ އެލަވަންސެއް ދެ ފަރާތުން އެއްބަސްވާ ގޮތަށް ހަމަޖައްސައި ދެވޭނެއެވެ.  

ޝަރުތު:

- އޭ.ސީ.ސީ.އޭ ފުރިހަމަ ކޮށްފައިވުން ،  ނުވަތަ   

-ސާޓިފައިޓް ޕްރެކްޓިސިންގ އެކައުންޓެންޓްސް ، ޗާޓަރޑް ޕަބްލިކް އެކައުންޓެންޓްސް،  ޗާޓަރޑް އިންސްޓްޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް  ނުވަތަ

- އައި.އެފް.އޭ.ސީ ބަލައިގަންނަ ދާއިރާ އެއްގެ މެމްބަރ އަކަށްވުން

   އަދި

- އޮޑިޓިންގ ދާއިރާގެ 10  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.   އަދި މި 10 އަަހަރުތެރޭގައި ސީނިއަރ މެނޭޖްމަންޓްގެ މަޤާމެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން.

 އިސްކަންދެވޭ ކަންތައް:-

 - އައި.އެފް.އާރް.އެސް ، އައި.އެސް.އޭ އަދި އައި.ޕީ.ޕީ.އެފް އެޕްލިކޭޝަން އަށް ފަރިތަވުން.

- ސާޓިފައިޑް އިންޓާނަލް އޮޑިޓަރ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގައި ކުރަންޖެހޭ އެންމެހައި އިންޓަރނަލް އޮޑިޓް ކުރުމަށް ވޯރކް ޕްލޭނެއް ތައްޔާރުކޮށް، ވޯރކް ޕްލޭން އާއި އެއްގޮތަށް އިންޓަރނަލް އޮޑިޓް ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.

-ކުންފުނީގެ ބޯޑުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއިން ކަނޑައަޅާ ޙާއްސަ އޮޑިޓްތައް ކޮށް އެ އޮޑިޓްގެ ރިޕޯޓްތައް ކޮމިޓީ އަށް ޙިއްސާކުރުން.

-ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްކުރެވުމުން ދަނީ ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ރާވާ ހިންގުމާއި ޑިޕާޓްމަންޓް ތަކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން.

- ކުންފުނީގެ މަސައްކަތްތައް ބަލައި ދިރާސާކޮށް ރިސްކްތައް ދެނެގަނެ އަދި އެރިސްކްތައް ކުޑަކުރާނެ ގޮތުގެ ލަފާ މެނޭޖްމަންޓަށް ދިނުން.

- ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ކުރެވެމުންދަނީ ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ އިންޓަރނަލް އޮޑިޓްގެ މަސައްކަތްކުރުން.

- އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވޭ ކަންތައްތަކާއި ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ލަފާޔާއި އިރުޝާދު ދިނުން.

  އަހަރުން އަހަރަށް ކުންފުނީގެ އިންޓަރނަލް އޮޑިޓްކުރުމާއި އަދި އިންޓަރނަލް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން.

- އޮޑިޓް ނިމުމުން އޮޑިޓް ރިޕޯޓް ކުންފުނީގެ ބޯޑަށް އަދި މެނޭޖްމަންޓަށް ހުށަހެޅުން

- ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލް ނިޒާމް މުރާޖާކޮށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް އެހީތެރިވެދިނުން.

- އޮޑިޓް ކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ދެނެގަތުމާއި އެމައްސަލަތައް ޑޮކިއުމެންޓް ކުރުން.

- ކޮރަޕްޝަން އަދި ޚިޔާނާތަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކުންފުނީގެ މަސައްކަތުގައި އިމްޕްލިމެންޓްކުރުން.

-ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓް ކޮމިޓީއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 މާރިޗު 24 ބުދަ ދުވަހުގެ 14:00ގެ ކުރިން.

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މާރިޗު 28 އާއި އެޕްރީލު 25 ދެމެދުގައެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

16 މާރިޗު 2021
ހޯދާ